ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީ ގޮތާގުޅޭ ތަމްރީނު ޕްރޮގްރާމެއް މ. ދިއްގަރުގައި ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އާ ގުޅިގެން ހިންގާ "ޕްރޮމޯޝަން އޮފް ބްލޫ އެކޮނަމީ އިން ފިޝަރީޒް ސެކްޓަރ އޮފް ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ކުރިއަށް ދާން ހަމަޖެހިފައިވަނީ މިމަހު 22-26 ގެ ނިޔަލަށެވެ. މި ޕްރޮގަރާމުގައި ދިއްގަރުގެ ރައްޔިތުންނަަށް ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާއި އަމިއްލަ ދިރިއުޅުމައްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީ ގޮތުގެ މިންގަނޑާގުޅޫ ގޮތުން މައުލޫމާތު ދެވޭނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ރޭ 8.30 ގައި، އަމިއްލަ ދިރިއުޅުމައްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީ ގޮތުގެ މިންގަނޑާގުޅޭ ސެޝަނެއް ކުރިޔަށް ގެންދެވުނެވެ. މި ސެޝަން ގައި ދިއްގަރުގެ ގޭގޭގައި ކާބޯތަކެތި ތައްޔާރުކޮށް މިހާރުވެސް ވިއްކަމުން ގެންދާފަރާތްތަކާއި އަލަށް މިމަސައްކަތް ފަށަން ގަސްދުކުރާ ބޭފުޅުން ބައިވެރިވިއެވެ.

މި ސެޝަނުގައި ޖުމްލަ 60 ބޭފުޅުން ބައިވެރިވީ އިރު، މީގެތެރެއިން 56 ބޭފުޅުންނަކީ އަންހެން ބޭފުޅެނެނެވެ. މިސެޝަން ގައި މައުލޫތުދެއްވީ މި މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކުއެވެ.