މާލޭ، 2 ގެއެއް ބަލާ ފާސްކޮށް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކު ފޯސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އަދި އެ ދެމީހުން އަތުލައިގެންފައިވަނީ މާފަންނު ދެ ގެއަކުން ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމަށް ވަޑައިގެންނެވި ފަހުން އިމިގްރޭޝަން އިސްވެ އޮވެ، ފުލުހުންނާ ވެސް ގުޅިގެން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ތަފާތު އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.

މި އޮޕަރޭޝަންގެ ދަށުން 4،000 އަށް ވުރެ ގިނަ ބިދޭސީން މިހާރު ވަނީ ޑީޕޯޓްކޮށްފައެވެ.

#