ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް ހައިނަސް ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް-ސަޢޫދަށް، ޚަރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ޚާރިޖީ ވަޒީރު ޒަމީރު ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސަޢޫދީ ޢަރަބިއްޔާގެ 94 ވަނަ ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެޤައުމުގެ ޚާރިޖީ ވަޒީރަށް ފޮނުވައިފައެވެ.

"މީގެ 43 އަހަރު ކުރިން، 1981 ވަނަ އަހަރު، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރުމުގެ ކުރިންވެސް އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި ޒަމާންވީ ގާތް ގުޅުމެއް އޮންނަކަން ފާހަގަކުރަމެވެ. މި ގުޅުމަކީ އިސްލާމީ ތަރިކައާއި ޘަޤާފީ އެއްގޮތްކަމާއި ދެ ރައްޔިތުންގެ ދެމެދުގައި އޮންނަ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ގުޅުމެކެވެ." މިނިސްޓަރގެ މެސެޖުގައިވެއެވެ.

މަޢުލޫމާތު:https://sarukaaru.gov.mv/articles/4244