އައްޑޫ ސިޓީން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 26 މީހަކު އެބަލިން ފަސޭހަވެއްޖެއެވެ.

ބަލިން ފަސޭހަ ވެފައިވަނީ ހުޅުދޫ/މީދޫ، އެމްޓީސީސީ ކްލާސްޓަރ ގައި ހިމެނޭ 26 މީހުންގެ ތެރެއިން 24 މީހަކާއި ގުޅިފައިވާ ރަށްރަށުގައި އޮތް އެވިއޭޝަން ކްލާސްޓަރ އިން 2 މީހެވެ. އެ ދެމީހުން ވެސް ނިސްބަތްވަނީ ހިތަދުއަށެވެ.

މި 26 މީހުން ބަލިން ފަސޭހަ ވުމުން އެމްޓީސީސީ ކްލާސްޓަރގައި މިހާރު ތިބީ 2 މީހެކެވެ. މިރޭ މީދޫންއިން އިތުރު ދެ މީހަކު ޕޮޒިޓިވްވުމުން އެކްޓިވް ކޭސްގެ ގޮތުގައި ހުޅުދޫ/މީދޫގައި މިވަގުތު ތިބީ 4 މީހުންނެވެ.

ހިތަދޫން ދެ މީހަކު ރަނގަޅުވުމުން އެކްޓިވް ކޭސްގެ ގޮތުގައި އެރަށުގައި މިހާރު ތިބީ 18 މީހުންނެވެ. މަރަދޫފޭދޫ އަދި ފޭދޫއިން އެއްވެސް މީހަކު އަދި ބަލިން ފަސޭހަވެފައެއްނުވެއެވެ. މަރަދޫފޭދޫގައި އެކްޓިވް ކޭސްގެ ގޮތުގައި 4 މީހުންނެވެ. ފޭދޫގައި ތިބީ 14 މީހުންނެވެ.