ހުޅުމާލޭގައި 2000 ހައުސިން ޔުނިޓް އަޅަން ލޯނެއް ދޭން އިންޑިއާ އިން ރާއްޖެއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމަށްފަހު ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އިންޑިއާގެ އެގްޒިން ބޭންކާ ދެމެދު ވަނީ ކަމާބެހޭ ލިޔެކިޔުންތައް ބަދަލުކޮށްފަ އެވެ.
ރަމްޒީގޮތުން މި އެހީއާ ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވެވަޑައިގަތީ ފަހިދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރ ސަލްފިއްޔާ އަންވަރެވެ. އަދި އިންޑިއާގެ ފަރާތުން ލިޔުން ހަވާލުކޮށްދެއްވީ އެގްޒިމް ބޭންކްގެ ޖެނެރަލް މެނޭޖަރ ސަލްފިއްޔާ އަންވަރު އެވެ.
މި މަޝްރޫޢުގެދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ދެ ކޮޓަރިއާއި ތިން ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެވެ. އެއީ ތިން ކޮޓަރިއާއި ތިން ފާޚާނާ ހިމެނޭ 1400 ހައުސިންގ ޔުނިޓާއި ދެ ކޮޓަރިއާ ދެ ފާޚާނާ ހިމެނޭ 600 ހައުސިންގ ޔުނިޓު ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެ އެވެ.
އެ ހައުސިންގ ޔުނިޓްތަކުގެ އަމަލީ މަސައްކަތް އަންނަ މެއި މަހު ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.