"ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އުފެއްދެވި ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ މި ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމާ، ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ހިންގުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.

މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ ވަކި ސިއްކަ އެއް އޮންނަ ގާނޫނީ ޝަހުސެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ކުންފުނީގެ ހުއްދަ ކުރެވިފައިވާ ރައުސުލް މާލަކީ 10 ރުފިޔާގެ ދުއިސައްތަ މިލިޔަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ ދެ މިލިޔަން ރުފުޔާއެވެ.

ރާއްޖޭގައި 16 އެއަޕޯޓް އޮތްއިރު މީގެ ތެރޭގައި 4 އިންޓަރނޭޝަނަލް އެއަޕޯޓް ހިމެނެއެވެ. އަދި ރީޖަނަލް އެއަޕޯޓްސް އިން 6 އެއަޕޯޓެއް އޮޕަރޭޓް ކުރަމުން ގެންދެއެވެ. ރާއްޖޭގެ އެކި ސަރަާޙއްދުތަކުގައި އެއަޕޯޓްތައް އެޅުމުގެ މަޝްރޫއުގެ ދަށުން މިހާރު 3 އެއަޕޯޓެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.