ކުޑަހުވަދޫ ރައްޔިތުންގެ ތަރައްޤީއާއި ތަހުޒީބަށާއި، ރައްޔިތުންގެ ހުނަރާއި ފަންނުވެރިކަމަށް އަދި ޚިދުމަތްތެރިންނަށް އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން "ކުޑަހުވަދޫ ރައްޔިތުންގެ އަގުވަޒަންކުރުމުގެ ޙަފްލާ 2024" ގެ ނަމުގައި ޙަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޙަފްލާގައި ޢިލްމީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާތަކުން ފާހަގަކުރެވޭ ފަރާތްތަކަށް ޝަރަފުގެ އެވޯޑު އެރުވޭނެއެވެ. މި ޙަފްލާ އޮންނާނީ 2024 ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭގައެވެ. އަގުވަޒަންކުރެވޭ މުއްދަތަކީ 2021 މެއި 17 އިން 2024 މެއި 16 އަށެވެ. އަގުވަޒަންކުރެވޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
1. ރައްޔިތުންނަށް ޚިދުމަތްކުރުމާއި ރަށު ފެންވަރުގައި ހިންގޭ އެކި ޙަރަކާތްތަކުގައި މެދުނުކެނޑި ޚިދުމަތްކުރާ ޚިދުމަތްތެރިން
2. ކުޑަހުވަދޫއަށް ރީތި ނަން ހޯދައިދޭ ފަރާތްތައް
3. ކުޑަހުވަދޫއަށް އައު ޚިދުމަތެއް ނުވަތަ އައު އީޖާދެއް ތަޢާރަފުކުރި ފަރާތްތައް
4. ކުޑަހުވަދޫ ކައުންސިލުން ހިންގި އެކި ޙަރަކާތްތަކުގައި އެހީތެރިވެދެއްވި ފަރާތްތައް
5. އެކި ޝަޚްޞިއްޔަތުތައް
6. އިޤްތިޞާދީ ދާއިރާއިން ފާހަގަކުރެވޭ ފަރާތްތައް
އެވޯޑަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 2024 އޮކްޓޯބަރު 9 ވަނަ ދުވަހުގެ 14:00 އެވެ. އެވޯޑަށް އެދި ހުށަހަޅާނީ ގޫގުލް ފޯމް މެދުވެރިކޮށެވެ. ފޯމުގެ ލިންކް ކުޑަހުވަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ޙިއްޞާކުރެވިފައިވާނެއެވެ.