އުމުރުން 30 އަހަރުން މަތީ މީހުންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ އުމުރުން 30 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް މިއަދުން ފެށިގެން ވެކްސިން ޖެހޭނެ ކަމަށެވެ. އަދި 18 އަހަރާއި 30 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ވެސް ކުރިއަށް ދާނެ ކަމަށެވެ.
އަދި 18 އާއި 30 އަހަރު ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދޭނީ 9:00 އިން 13:00 އަށް ކަމަށެވެ. ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު ނުވަތަ ކުރީގެ ފްލޫ ކްލިނިކްގައި ވެކްސިން ޖަހައިދޭނީ 9:00 އިން 17:00 އާ ހަމައަށެވެ.
އިއްޔެއާ ހަމައަށް ރާއްޖެއިން 70،009 މީހަކު ވަނީ ކޮވިޑް19ގެ ވެކްސިން ޖަހައިފަ އެވެ.