ބޭރު ޤައުމަކުން އިންވެސްޓްކޮށްގެން މަޝްރޫޢުތައް ހިންގާއިރު އެ ފަރާތަކަށް އަމާންކަމާއި ރައްކާތެރި ކަމަކީ މަޝްރޫޢުތައް ހިންމާލުމަށް މުހިންމު ކަމެކެވެ. ޗައިނާއިން ދަނީ ދީލަތިކަމާއެކު ޕާކިސްތާންގައި ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ އެއްބަސްވުމުގެ ތެރޭން މަޝްރޫޢުތައް ހިންގަމުންނެވެ. ޗައިނާ މީހުންނަށް ޕާކިސްތާންގައި ފަހިވެފައި ނުވަނީ އަމާންކަމާއި ރައްކާތެރި ކަމެވެ.
މިއަހަރުގެ މޭ މަހުވެސް ޗައިނާގެ އިންޖިނިއަރުންނަށް ޖާނު ގޮއްވާލުމުގެ ހަމަލަތައް ދީފައި ވެއެވެ. ޗައިނާ މަސައްކަތްތެރިންނަށް ޚައިބަރު ޕަޚުތޫން ޚުވާގައި ތަޙުރީކޭ ތާލިބާނުން ހަމަލަތައް ދޭއިރު، ބަލޫޗިސްތާން ޕްރޮވިންސްގައި ބަލޫޗު އާމީން ދަނީ ޓެރަރިސްތް ޙަމަލަތައް ދެމެދުންނެވެ.
ނަތީޖާއެއްގެ ގޮތުން ޗައިނާ އިންޖިނިއަރުން މަސައްކަތް ކުރާ ޑޭމްތަކުގެ މަސައްކަތް ނިންމަން ވަގުތު ނަގައެވެ. އަދި ބައެއް ފަހަރަށް އެއްކޮށް މަސައްކަތް ހުއްޓާލައި ޒަމާންތަކަކަށް ދިގު ދެމިގެން ދެއެވެ.
ބަލޫޗިސްތާންގައި ހަމަނުޖެހުން ހިންމުމުގެ ސަބަބުން އެކަމުގެ އަސަރު ވަނީ ގަވަދާރު ޕޯޓަށް ކޮށްފައެވެ. ޗައިނާއިން ޑިވެލޮޕް ކޮށްފައިވާ މި ޕޯޓަށް އަންނަ އުޅަނދުތަކުގެ އަދަދު އަދިވެސް އުޅެނީ ބަނދަރުގެ ކެޕާސިޓީއަށް ވުރެން މާ ދަށުގައެވެ. މިދިޔަ އަހަރު އައިސްފައިވަނީ އެންމެ 22 އުޅަނދެވެ. އޭގެ އިތުރުން ބަނދަރާއި ކައިރީގައި ހެދުމަށް ޗައިނާއިން ރާވާފައިވާ ޑިއުޓީ ފްރީ އޭރިއާގެ މަސައްކަތްވެސް އެދެވޭ ގޮތަކަށް ކުރިއަކަށް ނުދެއެވެ. ބަލޫޗީން ވަނީ ޗައިނާގެ މަސްލަހަތަށް ދޭތެރޭން ހަމަލަތައް ދެން ފަށާފައެވެ.