ސަޢޫދީ ޢަރަބިއްޔާއިން ގާތް ކުރި މިންވަރާ ގާތަކަށްވެސް އެޤައުމަކަށް ބޭރުގެ އިންވެސްޓްމެންޓެއް ނުލިބުނެވެ. ސަޢުދީ ސަރުކާރުގެ އަމާޒަކީ 2030އާ ހަމައަށް ކޮންމެ އަހަރަކު 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމެން ބޭރުން ހޯދުން ކަމަށް ބުލޫމްބާގުން ބުނެއެވެ. ނަމަވެސް ހިނގަމުން މިދާ އަހަރު ދެބައިވެފައިވާއިރު، އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ސަޢޫދީއަށް ލިބިފައި ވަނީ 9.7 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމެންޓެވެ. އަހަރުގެ އެންމެ ފަހު 6 މަހަށް ސައޫދީން މަސައްކަތް ކުރަނީ 30 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމެންޓް ލިބޭތޯ ކަމަށް ބްލޫމްބާގުން ބުނެއެވެ.

ތެލުގެ އަގުވެސް އުޅެނީ ސައޫދީ ސަރުކާރުން އަންދާސާކޮށްފައިވާ ޚަރަދު ދެކޮޅު ޖެއްސޭނެ ކަމަށް ބުނާ އަގު ކަމަށްވާ 100 ޑޮލަރަށް ފީފާއެއްގެ އަގަށްވުރެންވެސް މާދަށުގައެވެ.