ޖަރުމަނުގެ އިޤްތިޞާދަށް ދުނިޔޭގެ އެހެން އުފެއްދުންތެރި އިޤްތިޞާދުތަކާ ވާދަ ނުކުރެވުމުންނާއި އެޤައުމުގެ އާބާދީއަށް އަންނަމުންދާ ބަދަލުގެ ސަބަބުން އިޤްތިޞާދީ ތަރައްޤީ ވަޅު ޖެހޭނެ ކަމަށް ލަފާ ކޮށްފިއެވެ. އެއާ ޚިލާފަށް ޔޫރަޕްގައި އިޤްތިޞާދު ކުރިއަރައިގެން ދާނީ ދެކުނު ސަރަހައްދުގެ ޤައުމުތަކުގައި ކަމަށް ލަފާ ކޮށްފައި ވެއެވެ.

ސްޕެއިންގައި ވަޒީފާ ނެތް މީހުންގެ އަދަދު މަދުވުމާއި އިޤްތިޞާދީ ތަރައްޤީއަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ސްޕެއިންގެ އިޤްތިޞާދު ކުރިއަށް އޮތް ދެއަހަރަށް އެއް ވާނެއްގައި ކުރިއަރައިގެން ދާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ޕޯޗުގަލްއާއި ގްރީސްގައި ވެސް އިޤްތިޞާދު ބާރަށް ކުރިއަރާނެއެވެ. މި ތިން ޤައުމަކީ، ޔޫރޯ ޒޯންގައި ދެގުނައަށް އިޤްތިޞާދުތައް ތަރައްޤީވެގެންދިޔަ ޤައުމުތަކެވެ.