ހިފާފައިވާ ފަލަސްޠީނަށާއި ފަލަށްޠީނުގެ ބިމުގައި އިންދާފައިވާ ޒަޔަނިސްޓުންގެ ދައުލަތަށް ވަނުމަށް، އިޒްރޭލުން އދގެ ސެކްރެޓަރީ ޖެނެރަލްއަށް މަނާ ކޮށްފިއެވެ. އިޒްރޭލުގެ ޚާރިޖީ ވަޒީރު ބުނެފައި ވަނީ އެންތޯނިއޯ ގުޓަރޭސް، ހިފާފައިވާ ފަލަސްޠީނުގެ އެއްވެސް ބިމަކަށް އެތެރެވެ ވަޑައިގަންނަވަނީނަމަ، އިޒްރޭލުން އޭނާ ހައްޔަރު ކުރާނެ ކަމަށެވެ.

ގުޓަރޭސް ވިދާޅުވީ އޭނާ އދގެ ސެކްރެޓަރީގެ މަޤާމުގައި ހޭދަ ކުރެއްވި މުއްދަތުގައި އިޒްރޭލުން ދިންވަރުގެ ބޮޑު ގެއްލުން ދެނިވި ފަނާކުރަނިވި ޙަމަލައެއް އެއްވެސް ޤައުމަކުން އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށެވެ. އަދި ހަމަލަތައް ހުޓާލުމަށް ފްރާންސާއި އެހެން ފަރާތްތަކުން ގޮވާލި ގޮވާލުމަށްވެސް އިޒްރޭލުން އިޖާބަ ދީފައި ނުވާ ކަމަށާއި އެންމެ ފަހުން، އިޒްރޭލުން ޙުއްޖަތުލް އިސްލާމް ޙަސަން ނަޞްރަﷲ އަވަހާރަކޮށްލީ ކަމަށެވެ.

އިޒްރޭލު ނޫސްވެރިން ބުނެފައި ވަނީ އިޒްރޭލުގެ ފޮރިން މިނިސްޓަރުގެ ވާހަކައަކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އެމީހުން ބުނެފައި ވަނީ ޕޯޗުގަލްގެ ރައްޔިތެއްކަމަށްވާ ގުޓަރޭސްއަށް އޭނާގެ އަމިއްލަ ޕާސްޕޯޓުގައި އިޒްރޭލަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.