ފާއިތުވި 24 ގަޑިއިރު ތެރޭގައި އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 5 އަށް އަރައިފިއެވެ. އެއީ ރޭ މީދޫން ޕޮޒިޓިވްވި ދެ މީހަކާއި މިއަދު ފޭދޫއިން ޕޮޒިޓިވްވި 2 މީހަކާއި ހިތަދޫން ޕޮޒިޓިވްވި މީހެކެވެ.

މިހާރު ހިތަދޫގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 19 މީހުންނެވެ. އެއީ އޭވިއޭޝަން ކްލާސްޓަރ އާ ގުޅުހުންހުރި 18 މީހަކާއި ހޯމް ކަރަންޓީނުގައި ހުއްޓައި ޕޮޒިޓިވްވި މީހެކެވެ. ފޭދޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 16 އެވެ. މަރަދޫފޭދޫގައި 4 އެވެ. ހުޅުދޫ/މީދޫ ގައި ވެސް 4 އެވެ.

ހުޅުދޫ/މީދޫ އިން ފެނިފައިވާ އައު ކްލާސްޓަރގެ ޑައިރެކް ކޮންޓެކްޓްސް ގެ ގޮތުގައި މިހާތަނަށް ވަނީ 19 މީހަކު ފާހަގަ ވެފައެވެ.

މިހާތަނަށް ބަލިން ރަނގަޅު ވެގެން ދޫކޮށްލި މީހުންގެ އަދަދަކީ 26 އެވެ. އެއީ ހުޅުދޫ/މީދޫ އިން 24 މީހަކާއި ހިތަދޫ އިން ދެ މީހެކެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 1 އެވެ.