އަރޖެންޓީގެ ހާވިއޭ މިލީއަކީ ޖޯކަރެއް ކަމަށްވެސް މީހުން ބުނެއެވެ. އދގައި އޭނާ ދިން ތަޤްރީރުގައި އެމެރިކާގެ އެންމެ މަގްބޫލު ފިލްމުތަކައި ޑްރާމާތަކުން ޑައެލޮގް ކޮޕީކޮށްގެން އދގެ ޕޯޑިއަމްގައި އިއްވި ކަމަށް ތުހުހުމަތުކޮށް އަރޖެންޓީނާގެ ނޫސްތަކުން ވަނީ މިލީއަށް ފާޑު ކިޔާފައެވެ.

ބިއުނެސް އައެރެސް ހެރަލްޑްއިން ވެސް ވަނީ މިލީ ބޭޒާރުކޮށްލާފައެވެ. އަދި ލާ ނޭސިއޯންގެ ނޫސްވެރިން ވަނީ މިލީގެ ތަޤްރީރާ ބެހޭ ތަފްޞީލު ރިޕޯޓެއް ގެނަސްދީ ތަޤްރީރުގެ ކޮންބައެއް ކޮޕީކޮށްފައި ވަނީ ކޮންތާކުންތޯ ކަމަށްވެސް ސާފުކޮށްދީފައެވެ.

ނޫސް ވެރިން ބުނާ ގޮތުގައި މިލީ މިޑައިލޮގްތައް ކިޔާފައި ވަނީ އޭނާއަށް ވެސް ވާނުވާ ނޭނގިއެވެ. މިލީގެ އެޑްވައިޒަރު ސެންޓިއާގޯ ކަޕޫޓޯއަކީ ގިނަ ޑައެލޮގް ކޮޕީކޮށްފައިވާ ދަ ވެސްޓް ވިންގް ސިލްސިލާ އަށް ނިކަން ޝަޢުޤުވެރިވާ މީހެކެވެ.