އދގެ ސެކްރެޓަރީ ޖެނެރަލްއަށް އެއްވެސް ޤައުމަކުން ޖެއްސުން ނުކުރުމަށް އދގެ ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ އިއްތިފާޤުން ދުނިޔޭގެ ޤައުމުތަކަށް ގޮވާލައިފިއެވެ. އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސްގެ ދިފާޢުގައި ސަލާމަތީ މަޖިލީހުގެ މެމްބަރުން މަޝްވަރާކޮށް ބަޔާން ނެރެން ޖެހުނީ ޒަޔަނިސްޓު ޓެރަރިސްޓު ދައުލަތުން ގުޓަރޭސްއާ ދިމާކުރުމުންނެވެ.

ޒަޔަނިސްޓު ޓެރަރިސްޓް ދައުލަތުގެ ޚާރިޖީ ވަޒީރު ބުނެފައި ވަނީ ހިފާފައިވާ ފަލަސްޠީނުގެ ބިމުގައި އިންދާފައިވާ ޒަޔަނިސްޓުންގެ ބާރު ހިނގާ ތަންތަނަށް ގުޓަރޭސް ވަޑައިގެންފިނަމަ އޭނާ ހައްޔަރު ކުރުމަށް އަމުރު ކޮށްފައިވާނެ ކަމަށެވެ. އަދި އޭނާ އެތެރެވެ ވަޑައިގަތުމަށް ހުއްދަ ނިދުނުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ސަލާމަތީ މަޖިލީހުން ޤައުމުތަކަށް އަންގާފައިވާ އެއްވެސް ޤައުމަކުން ސެކްރެޓެރީ ޖެނެރަލްގެ މަސައްކަތާ ބެހި އޭނާއަށް ދުއްތުރާ ކޮށްގެން ނުވާނެ ކަމަށެވެ.