މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެ ރާއްޖެއަށް 5100 ފަތުރުވެރިން އައިސް އާ ރެކޯޑެއް ޤާއިމްކޮށްފައިވާކަމަށެެވެ.

މިނިސްޓްރީން ވަނީ މިކަމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި މަރުޙަބާ އާއި ޝުކުރު އަދާކޮށްފައެވެ.

އިއްޔެ ރާއްޖެއަށް 5100 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 4856 ފަތުރުވެރިން އައިސްފައެވެ.