ބަލި މީހުން ބަލަހައްޓާ މީހުން ކޮވިޑް-19 ވެކްސިން ޖަހަން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭއިން ރޭ ބުނީ އެފަދަ ފަރާތްތަކަށް ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އަދި ވިލިމާލޭ ޔޫތް ސެންޓަރުން ހެނދުނު 9:00 އިން 16:30 އަށް ވެކްސިން ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ބަލި މީހުން ބަލަހައްޓާ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ބުނިއިރު، މިހާރު ވެކްސިން ދެމުން ދަނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ ހައި ރިސްކް މީހުންގެ އިތުރުން 30 އަހަރުން މަތީގެ ހުރިހާ އެންމެންނަށެވެ.

މިހާތަނަށް ރާއްޖޭގައި 75،000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް ވެކްސިން ޖަހައިފަ އެވެ.