ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކަމުގެ ތަމްރީނެއް އަރި އަތޮޅު ދެކުނުބުރި މާމިގިލީގައި ކުރިއަށް ގެންގޮސްފިއެވެ.
އދ. މާމިގިލީގައި ކުރިއަށް ގެންދިޔަ މި ތަމްރީނަކީ, ދައުލަތުގެ މުވައްޒަފުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން މާލީ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ގެންދިޔަ ތަމްރީނެކެވެ.
ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ތަމްރީނުގައި, އަލިއަޅުވާލައިފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ މުހިއްމު ބައިތަކަށެވެ.
މި ތަމްރީނަކީ އަރި އަތޮޅު ދެކުނުބުރި މާމިގިލި ކައުންސިލް ގުޅިގެން ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.