މ. ކޮޅުފުށި މޮނިޓަރިންގެ ހާލަތުން އިއްޔެ ނަގާފައިވާ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ކޮޅުފުށި މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެޗްޕީއޭ އިން ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ. އެހެންކަމުން މޮނީޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް މިހާރު ނިމުމަކަށް އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެރަށް މޮނިޓަރިންގެ ހާލަތުން ނެގުމާއެކު މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ އައްޑޫ އަދި ފުވައްމުލައް ސިޓީ ކަމަށް އެޗްއީއޯސީން ބުނެއެވެ.