ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ޓެކްސްތަކަށް ގެނައި ބަދަލުތަކާއެކު ދައުލަތަށް 2.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފައިނޭންސް މިނިސްޓްރީއިން ލަފާ ކޮށްފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ޖުމްލަ ތިން ޓެކުހަކަށް ބަދަލު ގެނައުމަށް ނިންމާ, ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު މި މައްސަލައާ ބެހޭ ގޮތުން ބަހުސްކުރުން އޮތީ ހޯމަ ދުވަހުއެވެ.
ޓީޖީއެސްޓީ އަދި ގްރީން ޓެކްސްއަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި:
- ޓީޖީއެސްޓީ: 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުކުރުން
- ގެސްޓްހައުސްތަކުގެ ގްރީން ޓެކްސް: 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުން
- ރިސޯޓުތަކާއި ސިޓީ ހޮޓަލްތަކުގެ ގްރީން ޓެކްސް: 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުން
ރާއްޖޭގެ އެއަރޕޯޓަކުން ބޭރު ގައުމަކަށް ފުރާ ކޮންމެ މީހެއްގެ އަތުން ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އަދި ޑިޕާޗާ ޓެކްސަށް ގެނައި ބަދަލުތައް:
- އިކޮނޮމީގައި ދަތުރުކުރާ ބިދޭސީންގެ ޑިޕާޗާ ފީ: 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން (އިކޮނޮމީގައި ދަތުރުކުރާ ދިވެހިންގެ އަތުން އެއް ވެސް ފީއެއް ނުނަގާނެ)
- ބިޒްނަސްގައި ދަތުރުކުރާ ފަސިންޖަރުންގެ ޑިޕާޗާ ފީ: 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން
- ފަސްޓް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ ޑިޕާޗާ ފީ: 90 ޑޮލަރުން 249 ޑޮލަރަށް ބޮޑުކުރުން
- ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ފަރާތްތަކުގެ ޑިޕާޗާ ފީ: 120 ޑޮލަރުން 489 ޑޮލަރަށް ބޮޑުކުރުން
ފައިނޭންސް މިނިސްޓްރީއިން ލަފާ ކުރާ ގޮތުގައި ޓެކްސްތަކަށް ގެނައި ބަދަލުތަކާއެކު ރާއްޖޭގެ ޖީޑީޕީގެ 3 އިންސައްތައިގެ އާމްދަނީ ދެން އަންނަ އަހަރުން ފެށިގެން ދައުލަތަށް ލިބިގެންދާނެއެވެ.
ޓެކްސް އިތުރުކުރުމުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ އަދަދު:
- އެއަރޕޯޓް ޓެކްސް: 1.6 ބިލިއަން ރުފިޔާ
- ގްރީން ޓެކްސް: 963.6 މިލިއަން ރުފިޔާ
- ޓީޖީއެސްޓީ: 202 މިލިއަން ރުފިޔާ
މި ހުރިހާ އަދަދެއްގެ އެއްކޮށްލައިގެން 2.8 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ދައުލަތަށް ލިބިގެންދާނެއެވެ.
ދެން އެ ރުފިޔާއަށް ވާނުވާ ނޭގޭނި