ފިނޭންސް މިނިސްޓްރީގެ މިނިސްޓަރގެ އެޑްވައިޒަރަކަށް ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު އައްޔަން ކުރައްވައިފިއެވެ. ނަސީރަކީ ހިންގުންތެރި ކަމުގެ ޢިލްމު ލިބިފައިހުރި ތަޖުރިބާ ހުރި ބޭފުޅެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަންވެސްކުރައްވާފައިވާ ނަސީރުވަނީ، ކުރިންވެސް ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރު ކަމުގެ މަގާމްވެސް ފުރުއްވާފައެވެ. އެންމެ ފަހުން ނަސީރު ހުންނެވީ ފޮރިންމިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައެވެ.
އަހުމަދު ނަސީރު ފިނޭންސް މިނިސްޓްރީއަށް އައްޔަން ކުރައްވާފައިވާ އިރު 30 ސެޕްޓެމްބަރ 2024ގައި، ފިނޭންސް މިނިސްޓަރގެ މަޤާމަށް، ކުރިން ފޮރިން މިނިސްޓަރ މޫސާޒަމީރުވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުވަނީ އައްޔަން ކުރައްވާފައެވެ.