ޙައްޖާއި ޢުމްރާގެ ޙިދުމަތްދޭ ކުންފުނިތަކަށް ބާއްވާ ފުރަތަމަ 'ޙައްޖު ޢުމްރާ ކޮންފަރެންސް' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ކޮންފަރެންސް މަޤުޞަދަކީ ހައްޖާއި އުމްރާގެ އަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޙައްޖާއި ޢުމްރާގެ ޙިދުމަތް ދެމުން އަންނަ ކުންފުނިތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

މިއީ ޙައްޖާ ޢުމްރާގެ ނިޒާމު ހަރުދަނާކުރުމަށް ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކޮންފަރެންސްއެއްކަން ފާހަގަކޮށްލެވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ދީނީ މަސައްކަތްތަކާ ގުޅޭ ވަކިވަކި ދާއިރާތަކަށް ޢަމާޒުކޮށްގެން މަހާސިންތާތަކެއް ބާއްވަމުންނެވެ. އެގޮތުން ވުޒާރާއިން ވަނީ މިހާތަނަށް ޢިލްމުވެރިންގެ މަހާސިންތާ, ޖަމްޢިއްޔާ މަހާސިންތާ, ޢިމާމުންގެ މަހާސިންތާ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

ޚަބަރު: އިސްލާމިކް މިނިސްޓްރީ