ޅ. ހިންނަވަރުގައި ފެނަކައިން ތަރައްޤީކުރަމުން އަންނަ އައު އޮފީސް އިމާރާތުގެ 55 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫޢަކީ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތާއެކު އެ ކުންފިނީގެ ކެޕޭސިޓީ އިތުރުވެ، އެރަށަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް ބެލެވެއެވެ.

ފެނަކައިން މިވަގުތު ދަނީ އެކުންފުނީގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޖީނުގެތަކާއި އޮފީސްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ފެނަކައިން ދަނީ މ. މުލި އަދި ހދ. ނޭކުރަންދޫގައި އާ އޮފީސް އިމާރާތެއް ތަރައްގީކުރަމުންނެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ދިވެހިރާއްޖޭގެ 157 ރަށެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. އެ ކުންފުނިން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ރަށްރަށުގެ ކަރަންޓު ވިއުގަ އަދުގެ ޓެކްނޮލޮޖީއާ އެއްގޮތަށް އަޕްގްރޭޑުކުރުމާއި، އައު އިންޖީނުތައް ރަށްރަށަށް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.