މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގޮސް 30 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެކްސިން ޖެހޭނެ ގޮތް ހަމަޖައްސައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ މާދަމާއިން ފެށިގެން އުމުރުން 30 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް މަޖިލީހުގެ އިދާރާއަށް ގޮސް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މަޖިލީހުގެ އިދާރާގައި ވެކްސިން ޖެހުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00އިން މެންދުރު 12:00އާ ދެމެދުގަ އެވެ.
އޭޑީކޭ ހޮސްޕިޓަލާ ގުޅިގެން މަޖިލީހުގެ އިދާރާގައި ވެކްސިން ދޭން ފެށީ މި މަހުގެ 10 ވަނަ ދުވަހު އެވެ. މިހާތަނަށް ވެކްސިން ޖެހީ ޚާއްސަ ދާއިރާތަކުގެ މީހުންނަށެވެ. ނަމަވެސް މާދަމާ އިން ފެށިގެން 30 އަހަރުން މަތީގެ ކޮންމެ މީހަކަށް މަޖިލީހަށް ގޮސް ވެކްސިން ޖެހޭނެ އެވެ.
ރައްޔިތުންގެ ގަޔަށް މަޖިލީހުގެ އިދާރާގައި ވެކްސިން ޖަހަން ފެށުމުގެ ކުރިން ރައްޔިތުންގެ މަންދޫބުން ވަނީ ވެކްސިން ޖައްސަވައި ނަމޫނާ ދައްކަވާފަ އެވެ.