އުދަ އަރާނެކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މެޓުން މި ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. އަދި މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 4:30 ގައެވެ،

މީގެއިތުރުން މިއަދު މޫސުން ލަފާކުރައްވާ މެޓުން ބުނެފައިވަނީ ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަަކަށް އުދައިގެ އަސަރު ކޮށްފާނެ ކަމަށް ލަފާކުރައްވާ އެކަމަށް ސަމާލު ވުމަށްވެސް މެޓުން ބުނެފައިވެއެވެ.

އަދި ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވަނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ. ރާޅުގެ އުސްމިން ހުންނާނީ 3-6 ފޫޓު ދެމެދުއެވެ.

އިއްޔެވެސް ދެކުނުގެ ބައެއް ރަށްރަށަށް އުދަ އަރާފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ބޮޑަށް އުދައަރާފައިވަނީ ގއ. ނަޑެއްލާ އަށެވެ.