އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމްލަ 44 މީހަކު ބަލިން ފަސޭހަ ވެގެން ދޫކޮށްލައިފިއެވެ.

އެއީ ފުރަތަމަ ދުވަހު ބަލިން ފަސޭހަވި 26 މީހަކާއި، ދެވަނަ ދުވަހު ފަސޭހަވި 3 މީހަކާއި މިއަދު ހަވީރު 6:00 ގެ ކުރިން ބަލިން ރަނގަޅުވި 12 މީހަކާއި، މިއަދު ހަވީރު 6:00 ގެ ފަހުން ބަލިން ފަސޭހަވި 3 މީހެކެވެ.

މިހާތަނަށް ޖުމްލަ 44 މީހުން ބަލިން ފަސޭހަވެފައިވާއިރު މިއަދު އައު ކޭސްއެއް ފެނިފައެއް ނުވެއެވެ. އައްޑޫގެ އެކްޓިވް ކޭސްގެ ޢަދަދަނީ 32 އެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އައްޑޫސިޓީން މިހާތަނަށް ވަނީ ޖުމްލަ 2754 ރެންޑަމް ސާމްޕަލް ނަގައި ޓެސްޓް ކޮށްފައެވެ. އޭގެތެރެއިން ސާމްޕަލެއް ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ މީދޫން ޕޮޒިޓިވްވި މީހެކެވެ.