ކެންޔާގެ ސެނެޓުން އެޤައުމުގެ ނާއިބް ރައީސް ޢަޒުލުކުރުމަށްފަހު، ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ވަނީ އޭނާގެ އާ ނައިބު ރައީސްގެ މަގާމަށް ދާޚިލީ ވަޒީރު ކިތުރީ ކިންޑިކީ (ފޮޓޯގައި) އައްޔަން ކުރައްވާފައެވެ. ކިންޑިކީއަށް ޕާލަމެންޓުގެ ރުހުން ހޯދަން އަންނަ ހަފްތާގައި ފޮނުވާނެ ކަމަށް ބެލެވެއެވެ.