ޒަޔަނިސްޓު ޔަހޫދީންނަށް ތާއީދުކުރާ ސައޫދީ ޢަރަބި މީޑިއާއިން ވަނީ ޔަޙުޔާ ސިންވާރުގެ އެންމެ ފަހު ވަގުތާ ބެހޭ ގޮތުން ތަފާތު މައުލޫމާތު ފަތުރާފައެވެ. ޚަލީޖުގެ ބައެއް ގައުމުތަކުގެ އަރަބި ޒަޔަނިސްޓުން ވަނީ އުފާ ފާޅުކޮށް، ޔަހޫދީންނަށް ސަޕޯޓުކޮށް ޙަމާސަށާއި ސިންވާރަށް ފުރައްސާރަކޮށް އުފާފާޅުކޮށް ހަދާފައެވެ.
އިޒްރޭލުގެ ވައިނެޓް މީޑިއާއިން ބުނިގޮތުގައި ސިންވާރުގެ ގަބުރު އިޒްރޭލުން ވަނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ސިއްރު ތަނެއްގައި ފޮރުވާފައެވެ. މީޑިއާއިން ބުނާ ގޮތުގައި، އިޒްރޭލުން ބޭނުން ވަނީ ހަމާސްއިން ގެންގުޅޭ ހަނގުރާމައިގެ އަސީރުންގެ ބަދަލު ކުރުމުގެ ބޭނުމުގައި ސިންވާރުގެ ގަބުރު ބާރެއްގެ ގޮތުގައި ބޭނުން ކުރާށެވެ. ނަމަވެސް ސިންވާރު ބާއްވާނީ ފްރިޖެއްގައި ކަމެއް ނޫނީ ވަޅުލާނީ ކަމެއް އަދި ޒަޔަނިސްޓުން ނިންމާފައި ނުވާ ކަމަށްވެސް ބުނެއެވެ.
ސިންވާރުގެ ގަބުރު އެމީހުންގެ އަތަށް އެރުމާއެކު ޒަޔަނިސްޓުން ވަނީ އޭނާގެ އިނގިއްޔެއް ބުރިކޮށްފައި އިނގިލީގެ ނިޝާންތައް ކަށަވަރު ކުރުމަށް ލެބޯޓްރީއަށް ފޮނުވާފައެވެ. އަދި އޭނާގެ ޑީއެންއޭ އާއި އިނގިލީގެ ނިޝާން ކަށަވަރުކޮށް އެއީ ސިންވާރުގެ ގަބުރުކަން ވަނީ ކަށަވަރުކުރެވިފައެވެ.