މިހާރު ބާޒާރަށް ނެރެފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ގީޕާސް ބްރޭންޑްގެ ޕޯރޓަބަލް، ރީޗާޖަބަލް ސްޕީކާރ ބްރަދާރހޫޑް އިން މިހާރު ލިބެންހުންނާނެއެވެ. މި ސްޕީކާރގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭގެ ބާރުގަދަ އަޑެވެ. 60000 ވޯޓްގެ ބާރުގަދަ އަޑު އަންނަ މި ސްޕީކާރުން ކުޑަ ޕާޓީއެއް ބޭއްވުމަށް ބޭނުންވާ ވަރުގެ އަޑު ލިބޭނެއެވެ. އަދި މީގެ އިތުރުން، މި ސްޕީކާރާއެކު ރިމޯޓެއް ލިބޭނެއެވެ. މި ރިމޯޓުން ސްޕީކާރުގެ އަޑުގަދަ މަޑުކުރުމާއި، ލަވަ ބަދަލުކުރުން ފަދަ ކަންތައްތައް ކުރެވޭނެއެވެ.

ގީޕާސް ބްރޭންޑްގެ މި ސްޕީކާރުގައި ފެންވަރު ރަނގަޅު 2 މައިކްރޯފޯނު ހިމެނިފައިވެއެވެ. މި މައިކްތަކުގެ ސަބަބުން ކަރޯކޭ އަދި ޕާޓީތަކުގައި ވާހަކަދެއްކުން ފަދަ ކަންތައްތައް ފަސޭހައިން ކުރެވޭނެއެވެ.

މި ސްޕީކާރުގެ އިތުރު ޚާއްޞަ ސިފަތަކުގެ ތެރޭގައި ބްލޫޓޫތު ކަނެކްޝަން ހިމެނެއެވެ. މީގެ ސަބަބުން ފޯނުން ނުވަތަ އެހެން ޑިވައިސްއަކުން ވަޔަރލެސްކޮށް މިއުޒިކް ޕްލޭ ކުރެވޭނެއެވެ. އަދި މި ސްޕީކާރުގައި ޔޫއެސްބީ ޕޯޓެއްވެސް ހިމެނިފައިވާތީ، ޕެންޑްރައިވް އަދި އެހެނިހެން ޑިވައިސްތައް ގުޅައިގެން މިއުޒިކް ޕްލޭ ކުރުމުގެ އިތުރުން ޗާޖުވެސް ކުރެވޭނެއެވެ.

މި ފެންވަރު ރަނގަޅު ސްޕީކާރު ވިއްކާ މާކެޓް ކުރަމުން ގެންދަނީ ބްރަދަރހޫޑް ކުންފުނިންނެވެ. ވީމާ، މި ސްޕީކާރު ގަންނަން ބޭނުންފުޅުވާ ފަރާތްތަކަށް ބްރަދަރހޫޑްގެ ގިނަ ގޮފިތަކުން މި ސްޕީކާރު ލިބިވަޑައިގަންނަވާނެއެވެ. އަދި ބްރަދަރހޫޑްގެ އޮންލައިން ސްޓޯރ މެދުވެރިކޮށްވެސް މި ސްޕީކާރު ގަނެވޭނެއެވެ.