ސ. މީދޫން ކޮވިޑު-19 އަށް ޕޮޒިޓިވް ވީ އަންހެނަކު އިތުރު ފަރުވާއަށް ހިތަދޫ ކޮވިޑު ފެސިލިޓީއަށް ގެނެސްފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ މީދޫން ކޮވިޑަށް ޕޮޒިޓިވްވީ މީހަކު ނޭވާލާން އުނދަގޫވުމުގެ ސަބަބުން އިތުރު ފަރުވާއަށް ރޭ ހިތަދޫ ކޮވިޑު ފެސިލިޓީއަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެމީހާގެ ހާލު މިވަގުތު އަދި ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
އައްޑޫ ކޮވިޑު ފެސިލިޓީގައި މިވަގުތު އެޑްމިޓުކޮށްގެން ފަރުވާ ދެމުން އަންނަނީ ޖުމްލަ ދެމީހަކަށެވެ. ދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.
އައްޑޫގައި މިވަގުތު ކޮވިޑު 3 ކްލަސްޓަރ އޮތް އިރު ހުޅުމީދޫ އެމްޓީސީސީ ސައިޓުން ކޮވިޑަށް ޕޮޒިޓިވްވީ 26 މީހުންގެ ތެރެއިން 24 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އޭވިއޭޝަން ކްލަސްޓަރ އިން 20 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.