ތ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ހާދިސާ ހިނގުމުން އަލިފާން ނިއްވުމަށް ސިފައިން ގެންދަވަނީ ހަރަކާތްތެރި ވަމުން ކަމަށެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މިއީ ކުއްލިއަކަށް ހިނގި ހާދިސާއެއް ކަމަށެވެ. އިންޖީންތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައި ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ. އެހެން ކަމުން "ތ. ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައި، ބޭނުން ނުކުރެވޭވަރަށް އިންޖީނުތައް އެނދުމާގުޅިގެން އެރަށުގެ ކަރަންޓުގެ ޚިދުމަތް ވަނީ ވަގުތީގޮތުން މެދުކެނޑިފައެވެ. "މިހިތާމަވެރި ހާދިސާއާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ނިހާޔަތަށް މަޢާފަށްއެދެމެވެ." ފެނަކައިން ވިދާޅުވެފައިވެއެވެ.

އިންޖީންތައް އެނދުމުން އެރަށުން ވަނީ ކަރަންޓު ކެނޑިފައެވެ. އެހެންނަމަވެސް ވީ އެންމެ އަވަހަކަށް ކަރަންޓުގެ ޚިދުމަތް "އިއާދަކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ." ފެނަކައިން ވިދާޅުވެފައިވެއެވެ.