ހއ. ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 71,832 އަކަފޫޓުގެ ބިމެކެވެ.

މި ފުރުޞަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުާފުކުރުމުގެ ބައްދަލުވުމެއް 28 އޮކްޓޯބަރު 2024 ވާ ހޯމަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 05 ޑިސެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 27 އޮކްޓޯބަރު 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުންމަށް އެ ވުޒާރާއިން ވަނީ އެދިލައްވާފައެވެ.

ބީލަން ފޮތް ގަތުމަށް ބޭނުންވާ ފަރާތްތަކަށް 22 އޮކްޓޯބަރު 2024 އިން ފެށިގެން 04 ޑިސެމްބަރު 2024 ގެ ނިޔަލަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެ ފުރުޞަތު ލިބޭނެއެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް 04 ޑިސެމްބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އެ ވުޒާރާއަށް އީމެއިލް ކުރުމަށް ވެސް ވަނީ އަންގާފައެވެ.