އިންޑިއާއާއި ޗައިނާގެ ހަމަނުޖެހުން ބޮޑު ސަރަހައްދުގައި ކޯޅުމުގެ މައްސަލަ ދެފަރާތުން ހައްލު ކޮށްފިއެވެ. އެކަން ހާމަކޮށްފައިވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރެވެ.

އިންޑިއާއާއި ޗައިނާގެ ސަރަހައްދުގެ ލަދާކްގެ ބޯޑަރުގައި ދެ ފަރާތުން ކޯޅެމުންދާތާ 4 އަހަރު ވެއްޖެއެވެ. ދެފަރާތުގެ ކުރިމަތި ލުމުގައި އިންޑިއާއިން ސިފައިންގެ 60 މީހަކާއި ޗައިނާގެ 4 މީހަކު ވަނީ މަރުވެފައެވެ.

"އެ މައްސަލަ ހައްލު ވެއްޖެ" ޖަޔަޝަންކަރު ވަނީ ހޯމަ ދުވަހު ދެފަރާތުން އެއްބަސްވެފައިވާ ސަރަހައްދުގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދެފަރާތުން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ލަދާކްގެ މައްސަލަ ޖެހިފައިވާ ފަރުބަދަމަތީގެ ކުންނުތަކުގައި ފޯރިމަރަމުންދާނެ ކަމަށެވެ. އަދި ކޮންމެ ބަޔަކުވެސް މިހާރު ތިބި ތަނާ ކޮންމެ ވެސް ވަރަކަށް އެތެރެއަށް ދުރަށް ޖެހޭނެ ކަމަށެވެ.

އިންޑިއާ އާއި ޗައިނާގެ ސަރަހައްދުގެ މައްސަލައާ ހެދި، ދެފަރާތުގެ ވިޔަފާރިއަށްވެސް ހުރަސްއެޅިފައި ވެއެވެ. އިންޑިއާއިން ޗައިނާގެ އެޕްތަކަށް ފިޔަވަޅުއަޅައި އޭގެ އިތުރުން ގްރޭޓްވޯލްއާއި ބައިޑްފަދަ ކާރު އުފައްދާ ކުންފުނިތަކުން އިންޑިއާގައި އިންވެސްޓް ކުރުމަށް ހުރަސްއަޅާފައި ވެއެވެ.

މިފިޔަވަޅު ތަކާއެކު އިންޑިއާއާއި ޗައިނާގެ ވިޔަފާރީގައި ޗައިނާ އަރަނި ވެފައިވެއެވެ. އަދި އިންޑިއާއަށް ވަނީ 80 ބިލިއަން ޑޮލަރުގެ ޑެފިސިޓެއް ދިމާވެފައެވެ.

އިންޑިއާއާއި ޗައިނާގެ އެންމެ ފަހުގެ ހާލަތުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ މިއަދު ރަޝިޔާއަށް ބްރިކްސްގެ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް ވަޑައިގަންނަވާއިރު، މަހާސިންތާގެ ހަވާސާގެ އަރިމަތީގައި ރައީސް ޝީ އާއެކ ބައްދަލު ކުރައްވާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެޤައުމަކީ ބޮޑު ދެ ނިއުކްލިއަރ ބާރެވެ.