ޗައިނާގައި ކޯވިޑް-19 ގެ ދުވަސްވަރު ފުޅާވެ ކުރިއަރަމުން އައި 200 ބިލިއަން ޑޮލަރުގެ ކާބޯތަކެތި ޑެލިވަރީ ކުރުމުގެ ޚިދުމަތުގެ ވިޔަފާރި މިހާރު ދަށަށް ގޮސްފައިވާ ކަމަށް ސީއެންއެންގެ ރިޕޯޓެއްގައި ބުނެފި އެވެ. ތިން އަހަރު ދުވަހުގެ ތެރޭގައި ދެގުނައަށް އިތުރު ވެގެން ދިޔަ މި ދާއިރާ ވަނީ އާމްދަނީއާއި އޯޑަރުގެ އަގުތަކަށް ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު ސިނާއަތުގެ ގޮތުގައި ހިމެނިފައެވެ. އެ ސިނާއަތް މިނާފައި ވަނީ އެކަމުގައި އުޅޭ މީހުންގެ ގިނަކަމާއި އެމީހުންގެ އާމްދަނީގެ ނިސްބަތުންނެވެ. ނަމަވެސް އެކަމުގައި މަސައްކަތް ކުރާ މީހުން މިހާރު ވަނީ ދިރިއުޅުމަށް އެހެން ގޮތެއް ހޯދުމަށް މަސައްކަތް ފަށާފައެވެ.
ޗައިނާގެ ޕްރޮޕަޓީ ކްރައިސިސް އާއި ކޮންސިއުމަރ ސްޕެންޑިންގ ހީނަރުވުމުގެ ސަބަބުން ޗައިނާގެ އިގްތިސާދަށް ވެރިވެފައިވާ ހީނަރުކަމުގެ ސަބަބުން ޑެލިވަރީ މަސައްކަތްތެރިންނަށް އާމްދަނީ ލިބޭ މިންވަރަށް އަސަރުކޮށްފައި ވެއެވެ. އަދި އެމީހުންގެ އާމްދަނީ ދަށްވެ، ވަޒީފާގެ ޔަގީންކަން ކުޑަވެފައި ވެއެވެ.
ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްގެ ހިސާބުން ދައްކާ ގޮތުގައި، ކޮންސިއުމަރ ސްޕެންޑިން ވަނީ އަޑިއަޅާލާފައެވެ. ޖުލައިން ސެޕްޓެމްބަރަށް ޗައިނާގެ ޖީޑީޕީ ކުރިއަރާފައި ވަނީ 4.6 އިންސައްތައިގައެވެ. މިއީ ކުރިން ލަފާކޮށްފައިވާ ވަރަށް ވުރެން އެންމެ ޕޮއިންޓް 1 އިންސައްތައިގެ އިތުރު ވުމެކެވެ.