އީރާނަށް ކުރިއަރާފައިވާ ހަތިޔާރު އެމެރިކާއިން ސަޕްލައި ކޮށްދެނީނަމަ، އީރާނަށް ދޭ ހަމަލައެއްގައި އެމެރިކާއަކީ ބައިވެރިއެއް ކަމަށް ތެހެރާނުން ބަލައިގަންނާނެ ކަމަށް ބުނެފިއެވެ. ތެހެރާނުން އެކަން އިއުލާން ކުރީ އދއަށް އީރާނުން ފޮނުވި ސިޓީއެއްގައެވެ. އީރާނަށް ޙަމަލަ ދިނުމަށް އިޒްރޭލުން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް، ބަރލިންގައި ވިދާޅުވި ވާހަކަވެސް އީރާނުން ވަނީ ކުށްވެރިކޮށްފައެވެ.

އީރާނުން ބުނީ އެމެރިކާގެ ބަސްމަގާއި އަމަލުތަކަކީ އިޒްރޭލަށް ހިތްވަރު ދިނުމުގެ އަމަލުތަކެއް ކަމަށެވެ.