އިޓާލިއަން ސެރިއާގައި ކުޅެމުން އަންނަ ޔުވެންޓަސްގެ "އެކްސް" އެކައުންޓު, ބަޔަކު ހެކްކޮށްފިއެވެ.

ޔުވެންޓަސްގެ އެކްސް އެކައުންޓު ހެކްކުރި ބަޔަކު ވަނީ, ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ތުރުކީގެ އާރްޑާ ގޫލާ އެ ކްލަބަށް ސޮއިކޮށްފި ކަމަށް ބުނެ ދޮގު ހަބަރު ހިމެނޭ ޕޯސްޓެއް ކޮށްފައެވެ.

ޔުވެންޓަސްއިން ވަނީ އެ ޕޯސްޓުގައިވާ މައުލޫމާތަކީ އެއް ވެސް ތެދެއް އެކުލެވިގެންވާ ހަބަރެއް ނޫންކަން ކަށަވަރު ކޮށްދީފައެވެ. އޭގެ އިތުރުން އެ ކްލަބުން ވަނީ, އެ ޕޯސްޓު ކުރީ ޔުވެންޓަސްގެ އެކައުންޓު ބަޔަކު ހެކްކޮށްގެން ކަން ޔަގީން ކޮށްދީފައެވެ.

ޔުވެންޓަސްގެ އެކްސް އެކައުންޓް ހެކްކުރީ ކޮން ބަޔަކު ކަމެއް އަދި ހޯދިފައެއް ނުވެއެވެ.