ޣައްޒާއިން ފަލަސްތީނުގެ ނަސްލުތައް ސާފުކޮށްލުމަށް ގޮވާލައި ޒަޔަނިސްޓުންގެ ވަޒީރުންނާއި ހައްދުފަހަނައަޅާފައިވާ ހަރުކަށި ޔަހޫދީން ބައިވެރިވާ ހިނގާލުމެއް މިއަދު ބާއްވައިފިއެވެ. މި ހިނގާލުމުގައި ޒަޔަނިސްޓު ޓެރަރިސްޓުންގެ ސަލާމަތާ ބެހޭ ވަޒީރު (ކުރުދީ ދަރިކޮޅުގެ) ބެން ގްވީރާއި މާލީ ވަޒީރު ސްމޮރިޗް އަދި ކުރިން އޮރިޔާން ފިލްމު ކުޅުނު މިހާރުގެ ސޯޝަލް ސެކިއުރިޓީ ވަޒީރާ މެއި ގޯލާން ބައިވެރިވި އެވެ.

ޣައްޒާގެ ނަސްލުތައް ސާފުކުރުމަށް ހަތިޔާރުދޭ އެމެރިކާއަކީ ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދޮން ވަޒަންވެރިން އިންދުމަށް ގެތައް ބިނާ ކުރުމަށްވެސް ފައިސާ ދޭ ގައުމެވެ.

މި ހިނގާލުމުގައި ބައިވެރިވެފައިވާ އޯޓްޒްމާ ޔަހޫދީތު ޕާޓިއާއި ޒަޔަނިސްޓް ރެލިޖަސް ޕާޓީގެ މީހުން ވަނީ ޣައްޒާއިން ފަލަސްޠީނު މީހުން އެއްކޮށް ބޭރުކޮށްލުމަށް ޝިއާރުތައް ގޮވާފައެވެ.

ޣައްޒާއަކީ ދަނޑުވެރިކަމަށް ފައްކާ ބިމެކެވެ. އަދި ޣައްޒާގެ ކަނޑުގެ އައްސޭރިފަށާކީ ގޭހައި ތެލުގެ މުއްސަނދި ސަރަހައްދެކެވެ. ސައޫދީ އަރަބިއްޔާއާއެކު އިންވެސްޓްމެންޓް ކުންފުނި ހަދައިގެން ވިޔަފާރި ކުރާ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ދަނބިދަރި ކޫޝްނާ ބުނެފައި ވަނީ ޣައްޒާއިން ފަލަސްޠީނު މީހުންގެ އާބާދީ ސާފުކޮށްލާ ހިނދެއްގައި އޭނާގެ ކުންފުނިން އޮތީ، ޣައްޒާގެ އައްސޭރިފަށުގައި ރިސޯޓުތަކާއި ސިޓީތައް ހަދައި އައްސޭރިފަށުން ގޭސް ނެގުމަށް އިންވެސްޓު ކުރަން ތައްޔާރަށް ކަމަށެވެ.

އިޒްރޭލުން ވަނީ ޣައްޒާއަށް ވާ ގޮތަށް އުސްކޮށް ޕްލެޓްފޯމްތަކެއް ހަދާފައެވެ. ޔަހޫދީން މިޕްލެޓްފޯމްތަކުގައި ތިބެގެން ފަލަސްޠީނު މީހުން ރޭރުވައި ލަވަ ކިޔައި ޑާންސް ކޮށްހަދައެވެ.