މަހާސާދާގަރު، ވޯޓުލާ މީހުންނަށް ރިޝްވަތު ދޭން ބުނި ވާހަކަ ތަހުގީގު ކުރުމަށް ގޮވާލައިފިއެވެ. އެމެރިކާގެ މަހާ ސާދާގަރު، އީލޮން މަސްކު ބުނެފައި ވަނީ އެމެރިކާގެ ރިއާސީ އިންތިޚާބުގެ ވޯޓު ލުމާ މި ދޭތެރޭގައި އޭނާ ކޮންމެ ދުވަހަކު އެއް މިލިއަން ޑޮލަރު ބަހާނެ ކަމަށެވެ.

ޕެންސެލްވީނިއާގައި އޮތް ޓްރަމްޕަށް ތާއީދު ކުރާ އެއްވުމެއްގައި އޭނާ ވަނީ ފުރަތަމަ މިލިއަން ޑޮލަރު މީހަކަށް ދީފައެވެ.

ޕެންސެލްވީނިއާ ގަވަރުނަރް ޖޯޗް ޝާޕިރޯ ވަނީ އެމައްސަލަ ބެލުމަށް ގޮވާލައްވާފައެވެ.

މަސްކަކީ ޓްރަމްޕްގެ ނަސްލީ ދެކޮޅުވެރި ސިޔާސަތުތަކާއި މުހާޖިރުންނާ ދެކޮޅުވެރި ސިޔާސަތަށް ހިތްވަރުދޭ މީހެކެވެ.