ޖަޕާނުގެ ފުލުހުންގެ ވެރިޔާ ވަނީ، އިވާއޯ ހަކަމަޑާގެ ގެއަށް ވަޑައިގެން، އޭނާގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. ހަކަމާޑާއަކީ، މިދިޔަ މަހުގެ ނިޔަލަށް މަރުގެ ހުކުމް އިއްވައިގެން ދަންޖައްސަން ތައްޔާރު ކޮށްފައިވާ މީހުންގެ ލިސްޓުގައި އޮތް މީހެކެވެ.

ދުނިޔޭގެ ރެކޯޑު ފޮތުގައި އޭނާ ލިސްޓުކޮށްފައި ވަނީ އެންމެ ގިނަ ދުވަސްވަންދެން ދަންޖައްސާ ލިސްޓުގައި ނަން އޮތް މީހާގެ ގޮތުގައެވެ.

ޝިޒުއޯކާ ޑިސްޓްރިކްޓް ކޯޓުން އުމުރުން 88 އަހަރުގެ ކުރީގެ ބޮކްސިން ކުޅުންތެރިޔާ ހަކަމަޑާ ބަރީއަކޮށް، ކޯޓުން ބުނީ: އޭނާއާ ދެކޮޅަށް ހެކި އުފެއްދުމުގައި ޖަޕާނު ފުލުހުންނާއި ޕީޖީން ބައިވެރިވެފައިވާ ކަމަށެވެ. ހަކަމަޑާގެ ބަރީއަވުން އޭނާއަށް އިއްވާފައިވާ ޙުކުމް ދަމަހައްޓަން ޕީޖީން ކުރަމުން އައި މަސއްކަތް ނިންމާލީއެވެ.

އޭނާގެ މައުސޫމުކަން ސާބިތު ކުރުމަށް ގާތްގަނޑަކަށް 60 އަހަރު ވަންދެން މެދު ނުކެނޑި އޭނާ ވަނީ ގާނޫނީ ހަނގުރާމައެއް ކޮށްފައެވެ.

އެހެންވެ އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވަނީ ޖަޕާނުން މީހުން ދަންޖެއްސުން ހުއްޓާލައި ގާނޫނަށް ބަދަލު ގެނައުމަށް ގޮވާލާފައެވެ.

ޖަޕާނުގެ މެދުތެރޭގެ ހަމާމަޓްސޫގައި އެގްޒެކެޓިވްއަކާއި އޭނާގެ އާއިލާގެ ތިން މީހަކު މަރާލި ކަމުގެ ތުހުމަތުގައި 1966 ވަނަ އަހަރުގެ އޮގަސްޓް މަހު ހަކަމަޑާ ހައްޔަރުކޮށް މަރުގެ ހުކުމް އިއްވި އެވެ. ފަހުން އެނގުނީ މުޅި ތަހުގީގާއި ދައުވާއަކީވެސް ފޭކު ދައުވާއެއް ކަމަށެވެ.

ފުލުހުންގެ ވެރިޔާ ވަނީ އެގެއަށް ވަޑައިގެން މައާފަށް އެދިވަޑައިގެންފައެވެ.