ކުރީގެ ރޭޕްގެ ހާދިސާއިން އިބްރަތެއް ހޯދާފައި ނުވާފަދައެވެ. ބިރެއް ނެތިއެވެ.

މި ފަހަރުވެސް ރޭޕް ކުރީ ޑާލިޓް ދަށު ފަންތީގެ އަންހެނެކެވެ.

މިފަހަރުވެސް ރޭޕް ކުރީ އުއްތުރް ޕްރަދޭޝްގައެވެ. ސްކޫލަށް އެޑްމިޗަން ހޯދަން ދިޔަ މަގުމަތީގައި ކާރެއްގެ ތެރެއަށް ވައްދައިގެން ރޭޕްކޮށްލީއެވެ.

މިއަދު ދިއްލީގައި މުޒާހަރާގައި

ބަލްރާމްޕޫރު ޑިސްޓްރިކްޓްގައި ހިނގާފައިވާ މި ޖަރީމާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޯށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކުރިން ރޭޕްކޮށް މަރާލި އަންހެން ކުއްޖާ ރޭޕްކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ހަސްފަތާލުން ޔަގީން ކޮށްދޭ ގޮތުގައި އޭނާ ރޭޕްކޮށްފައި ވެއެވެ.

އާއިލާއިން ބުނާ ގޮތުގައި ފުލުހުން ވަނީ މި ކުއްޖާ، އެމީހުންގެ ހުއްދައާ ނުލައި އަންދާލާފައެވެ.

މިއަންހެން ކުއްޖާގެ މައިމީހާ ބުނިގޮތުގައ އޭނާ ފެނުނީ އޮރިޔާމުން، ލެއާ ތަތްތެޅިފައި އޮތްވައެވެ.

ބަލްރާމްޕޫރުގައި ރޭޕްކޮށްފައިވާ މީހާވެސ ްވަނީ އަންހާރަ ދުވަހު މަރުވެފައެވެ. ނަމަވެސް މީޑިއާއާ ހަމައަށް މިވާހަކަ އައިސްފައިވަނީ ބުރާސްފަތިދުވަހުއެވެ. ބީބިސީއާ ވަހަކަ ދައްކަމުން ކުއްޖާގެ މަންމަބުނީ ރޭޕް ކުރުމުގެ ކުރިން އޭނާގެ ކަރަށް ޑްރަގް އަޅާފައިވާ ކަމަށްވެސް ބެލެވެއެވެ.

މިއަދު ދިއްލީގައި މުޒާހަރާގައި