އީރާނުން ބުނެފައި ވަނީ އދގެ ޗާޓަރުގެ 51 ވަނަ މާއްދާއާ އެއްގޮތަށް ޒަޔަނިސްޓު ނިޒާމުގެ އުދުވާނަށް ރައްދު ދިނުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށެވެ. އީރާނު ސިފައިންގެ ދެ މީހަކު ވަނީ ޒަޔަނިސްޓުންގެ ހަމަލާގައި ޝަހީދުވެފައެވެ.

އީރާނަށް ޙަމަލަ ދިނުމަށް ޖޯޑަންގެ ވައިގެ ސަރަހައްދާއި ސޫރިޔާ ސަރަހައްދު ބޭނުން ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެދުއިރުމަތީގެ ޤައުމުތަކުން ވަނީ ޒަޔަނިސްޓު އުދުވާން ކުށްވެރިކޮށްފައެވެ.

ޒަޔަނިސްޓުންނާ ގާތް ގުޅުމެއް ބާއްވާ ޔޫއޭއީން ނެރުނު ބަޔާނުގައި އިޒްރޭލުގެ ނަން ބަޔާން ކޮށްފައެއް ނުވެއެވެ. ޒަޔަނިސްޓުންނާ ސިޔާސީ ގުޅުން ނުބާއްވާ ސައޫދީންވެސް އިޒްރޭލުގެ ނަން ފާހަގަ އެއް ނުކުރެއެވެ. އިރާޤާއި ޤަތަރުން އިޒްރޭލުގެ ނަން ފާހަގަ ކޮށް އިޒްރޭލު ކުށްވެރިކޮށްފައި ވެއެވެ.

ޒަޔަނިސްޓުން ދިން ހަމަލާގައި އީރާނުގެ ދިފާއުގެ ވަރުގަދަ ކަން ހާމަވެ، ބިމުން ޖައްވަށް ފޮނުވާލާ މިސައިލްގެ ކާމިޔާބުކަން މި ހަމަލައިން ސާބިތިވެގެން ހިނގައްޖެއެވެ. މިއީ އީރާނުން މިފަހުން އުފައްދައި ތައްޔާރުކޮށްފައިވާ މިސައިލާއި ދިފާޢީ ނިޒާމުތައް ވަޒަންކޮށްލުމަށް ލިބުނު ފުސަތެއް ކަމަށް ބެލެވެއެވެ.

މެދުއިރުތީގެ އެންމެ ބޮޑު ބާރުކަމަށް ބުނެ، މުލައްދަނޑި އަނބުރަމުން ދިޔަ އިޒްރޭލު މިހާރު ސައިޒުވެފައިވާ ކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ.