ޕާކިސްތާނުގެ 30 ވަނަ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ފަނޑިޔާރު ޔަހްޔާ އަފްރީދީ މިއަދު ހުވައި ކުރައްވައިފިއެވެ. އޭނާ ހުވައި ކުރެއްވީ، އިސްލާމްއާބާދުގައި ރިއާސީ ގަނޑުވަރުގައެވެ. އަފްރީދީއަށް ހުވައި ލައިދެއްވީ ރައީސް އާސިފް އަލީ ޒަރްދާރީއެވެ.

މިއީ ޕާކިސްތާންގެ ގާނޫނުއަސާސީއަށް ބަދަލު ގެނައިފަހުން މުއްދަތު ކުރުކޮށް އައްޔަން ކުރެވޭ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ.

އޭނާ މަގާމުގައި ހުންނަވާނީ، 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ތިން އަހަރު ދުވަހުގެ މުއްދަތަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޖަސްޓިސް ފާއިޒް އީސާ ވަނީ މަގާމުން ރިޓަޔަރ ކުރައްވާފައެވެ.