އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ޑްރަގް ކޯޓުގެ މުވައްޒަފުންނަށް ފަޔަރ އެވެއާނަސް ސެޝަންއެއް ހިންގައިފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި މިއަދު ކުރިއަށްދިޔަ މި ސެޝަންގައި ޑްރަގް ކޯޓުގެ 12 މުވައްޒަފުން ބައިވެރިވިއެވެ. މި ސެޝަންގައި ފަޔަރ އެވެއާނަސް ތިއަރީ އަދި ޕްރެކްޓިކަލް ކުލާސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔަވައިދިނުމުގެ އިތުރުން އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީ އެތަކެތި އަމަލީ ގޮތުން ބޭނުން ކުރާނެ ގޮތްތައް ދަސްކޮށްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެެވެ.
މި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.