އައްޑޫ ސިޓީގައި ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން އިތުރު ތިން މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
އައްޑޫ ސިޓީގައި ކޯވިޑްގެ ތިން ކްލަސްޓާއެއް އުފެދިފައިވެ އެވެ. އެ ކްލަސްޓާތަކުން މިހާތަނަށް77 މީހުން ޕޮސިޓިވްވެފައިވާއިރު މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ30 އެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުގައި ބުނެފައިވަނީ އެ ސިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދެނީ ހިތަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ކަމަށެވެ. އޭގެ ތެރެއިން ތިން މީހުން އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވަނީ އިއްޔެ އެވެ.
އައްޑޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެެރެއިން 47 މީހަކު ރަނގަޅުވެފައިވާއިރު ހަތަރު މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި މިއަދު 58 ސާމްޕަލް ނަގާފައިވާ ކަމަށްވެސް އެ ސެންޓަރުން ހާމަކުރެއެވެ.