ޖަރުމަންވިލާތުން ވަގަށް ނަގާފައިވާ، ގަދީމީ މިސްރުގެ ނެފެރްތީތީ ރާނީގެ ބުދު އަނބުރައި ހޯދުމުގެ މަސައްކަތް މިސްރުން ފަށައިފިއެވެ.
3400 އަހަރު ނަފަރުތީތީ ރަނިކަމަނާގެ ބުދު ވަގަށް ނެގުމަށްފަހު އެ ބުދު ދައްކައިގެން ފައިދާ ނަގަމުން ދަނީ ބަރލިންގެ މިއުޒިއަމް އިންނެވެ.
މިސްރުގެ އާސާރީ އިލްމުވެރިޔާ ޒާހީ ހަވާސް ވަނީ އޮންލައިން ޕެޓިޝަނެއް ފަށާފައެވެ.
އޭގެ އިތުރުން އިނގިރޭސިން ވަގަށް ނަގައިގެން މިއުޒިއަމްގައި ބަހައްޓާފައިވާ ރޮޒެއްޓާ ސްޓޯން (ޙަޖަރު ރަޝީދު) ހޯދުމަށްވެސް ޕެޓިޝަނެއް ފަށާފައި ވެއެވެ.
ތީ ތިޔަޔޫރަޕް މީހުންގެ އަޞްލަކީ އަތުޖެހުނުއެއްޗެއް ގެންދެވުނު ގޮތަކަށް ގެންދަނީ އިނގިރޭސި ރާނީގެތާޖުގައި ޖަހައިފައިވާ ބޮޑު އަލިމަހަކީ އިންޑިއާއިން ވަގަށްގެންގޮސްފައިވާ ޖަވާހިރެއް އެމެރިކާމީހުން އިރާގުގެ ބޭންކްތަކާއި އާސާރުތައްވަނީ ލޫޓުވާލާފަ ޑިމޮކްރަސީ އޭ އިންސާނީހައްޤޭ ކިޔައިގެން އަޑުއުފުލާމީހުންގެ ހަގީގީސިފަ ގާޒާގެ ހަނގުރާމައިންބޭޒާރުވެއްޖެ އަދި އިސްލާމީ ބައެއްގައުމުތަކުގެ ވެރިކަމުގައިތިބި ޔަހޫދީންވެސްއެނގި ސާފުވެއްޖެ …