ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޮވުމަށް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބެލޮންޑިއޯ ހަފްލާއަށް ރެއާލް މެޑްރިޑުގެ އެއްވެސް ކުޅުންތެރިޔަކު އަދި އެކްލަބުގެ ރައީސް ފްލެރޮންޓީނޯ ޕެރޭޒް ނުދާނެކަން ކަށަވަރުވެއްޖެއެވެ.
މިކަން ހާމަކުރީ އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯއެވެ.
މިފަހަރު ބެލޮންޑިއޯ ލިބޭނެކަމަށް އެންމެ ބޮޑަށް ބެލެވިފައި އޮތީ ރެއާލްގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާއަށެވެ. އަދި މިހަފްލާއަށް ރެއާލްގެ ރައީސާއި އެކްލަބަށް ކުޅެމުން އަންނަ ދުނިޔޭގެ ތަރިން ދާނެ ކަމަށް ކުރިން އޮތީ ބެލެވިފައެވެ. އަދި މޮޅު ކޯޗުގެ މަގާމް ލިބޭނެކަމަށް ބެލެވިފައި އޮތީ ރެއާލްގެ ކޯޗް ކާލޯ އަންޗެލޮއްޓީއަށެވެ.
އެކަމަކު ބައެއް އެހެން ރިޕޯޓުތައް ބުނާ ގޮތުގައި ބެލޮންޑިއޯ މިފަހަރު ލިބެނީ ވިނީޝިއަސްއަށެވެ. އަދި އޭނާއަށް އެވޯޑް ހަވާލު ކޮށްދޭނީ ބްރެޒިލް އާއި ރެއާލް މެޑްރިޑުގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯއެވެ.