ރޯޔަލް އޮސްޓްރޭލިއަން އެއާފޯސްގެ ސަވައިލެންސް އެއާކްރާފްޓެއް ކަމަށްވާ ބީޗްކްރާފްޓް ކިންގް އެއާ 350 މަރުކާގެ ބޯޓެއް އޮސްޓްރޭލިއާ ސަރުކާރުން މިއަދު ސްރީލަންކާއަށް ހަދިޔާކޮށްފިއެވެ.
ހިލޭ ދީފައިވާ މި މަތިންދާބޯޓު ބޭނުންކޮށްގެން ސްރީލަންކާގެ ސިފައިން ކަނޑުގެ ސަރަހައްދު ބަލަހައްޓައި، އިންޑިއާ ކަނޑު އަމާން ސަރަހައްދެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވެދޭނެ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުންޏެވެ.