ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަވަހާރަކޮށްލަން އުޅެފާނެ ކަމުގެ ބިރު އޮތުމުން އުތުރު ކޮރެއާގެ ލީޑަރުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ފަށައިފިއެވެ.

އުތުރު ކޮރެއާއިން ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާކަން ދެކުނު ކޮރެއާގެ ސަރުކާރު ހިންގާ ޕީޕަލް ޕަވަރ ޕާޓީގެ މެމްބަރު ލީ ސެއޮންގް ކުވެން އާއި އިދިކޮޅު މައި ޑިމޮކްރެޓިކް ޕާޓީގެ ރިޕަބްލިކަން ޕާކް ސަން ވޮން ވެސް ވަނީ ވިދާޅުވެފައެވެ.

ކިމްގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ޑްރޯން ޑިޓެކްޓް ކުރާ ރޭޑާ ބަހައްޓާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އުތުރު ކޮރެއާއިން ވަނީ ދެކުނާއެކު ކުރެވެމުންދިޔަ ސުލްހައިގެ ވާހަކަތައް ހުއްޓާލައި، ބަހުގެ ހަމަލަތައް ވަރުގަދަ ކޮށްފައެވެ.