ހުޅުލޭގައި ތަޅާލަމުންގެންދާ ބާއިމާރާތެއްގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔާއެންޑް ރެސްކިއުއާއި އެއަރޕޯޓް ފަޔާއެންޑް ރެސްކިއު ގުޅިގެން ނިއްވާލައިފި އެވެ.
އެމެއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 11:00 ހާއިރު ކަމަށެވެ. އަދި މިހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ އިމާރާތުގެ ތެރޭގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބާ ގޮދަނޑިތަކެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.