އީރާނުން އަންނަ އަހަރަށް ލަފާކުރާ ދިފާޢީ ބަޖެޓް ބޮޑުކޮށްފައިވާ ކަމަށް އީރާން ސަރުކާރުގެ ތަރުޖުމާން ފާތިމާ މުހާޖިރާނީ މިއަދު އިޢުލާންކުރައްވައިފިއެވެ. މުހާޖިރާނީ ވިދާޅުވީ އީރާނުން ދިފާޢީ ބަޖެޓު ބޮޑުކޮށްފައި ވަނީ 200 ޕަސެންޓަށެވެ.
އީރާނަށް ޒަޔަނިސްޓުން ދިން އުދުވާނީ ހަމަލައަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ އީރާނުން އިޚުތިޔާރު ކުރާ ވަގުތަކުން އީރާނުން ބޭނުންވާ ވަރުގެ އެދެވޭ ރައްދެއް ޒަޔަނިސްޓުންނަށް ދޭނެއެވެ
އީރާނުގެ ދިފާޢީ ބަޖެޓު ބޮޑުކޮށްފައިވާއިރު، މުޅި ދުނިޔެއަށްވެސް ދަނީ ނާމާންކަމެއް ވެރިވަމުންނެވެ. ހުރިހައި ބިތެއްގައިވެސް ހަނގުރާމައަށް ތައްޔާރު ވުމަށް ރޭވުންތައް ރާވަމުން ދެއެވެ. އަނެއްކޮޅުން އެމެރިކާގެ ރިއާސީ އިންތިޚާބުގައި މޮޅުވާނެ ފަރާތަކަށް ބަލައި ޔޫރަޕުންވެސް ދަނީ އައު ހިސާބުތަކެއް ޖެހުމަށް ތައްޔާރުވަމުންނެވެ.